ads
ޝިއާއުގެ ގާތިލު، އަލީ ޝާހިލް
ޝިއާއުގެ މަރުގެ މައްސަަލައިގެ އަޑުއެހުންތައް ނިމިއްޖެ
ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑު އެހުންތައް ނިމިއްޖެއެވެ.
Advertisement

ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ ފުލުހުންގެ ތަހުގީގަށް ދިން ބަޔާން ބަލައިނުގަތުމަށް އޭނާ އެދުނު ނަމަވެސް އެ ބަޔާން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިންވަނީ ނިންމާފަ އެވެ.

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ ޝަރީއަތް ކުރިއަށްދަނީ ސިއްރުންނެވެ. ޝާއިލްގެ މައްޗަށް ކުރާ ދައުވާތައް ސިއްރުން ކުރިއަށް ގެންދާއިރު، ބައެއް މައްސަލަތަކުގެ ބާވަތްވެސްވަނީ ސިއްރުކޮށްފަ އެވެ.

ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުންތައް މިދިޔަ ހަފްތާގައި ނިމުނުއިރު، މީގެ ކުރިން ޝާހިލް އެއްގޮތަކަށްވެސް ތަހުގީގުގައިވެސް އަދި ޝަރީއަތުގައިވެސް ވާހަކަ ނުދައްކައި ހުރުމަށް ފަހު އެންމެ ފަހުން ވާހަކަ ދައްކަން ފަށައި، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށްވަނީ ބުނެފަ އެވެ. ސާހިލްއަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައިދިނެވެ. ނަމަވެސް، އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި އޭނާ އަށް ވަކީލުން އިތުރަށް ހަމަޖައްސައި ނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން އޮތީ ނިންމައިފަ އެވެ.

ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލް، ފ. ނިލަންދޫ / ފިނިފެންމާގޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ އިތުރުން ސިއްރުކޮށްފައިވާ ދެ ދައުވާއެކެވެ.

"ސީއެންއެމް" އަށް މީގެކުރިން ދިން ހާއްސަ އިންޓަވިއުއެއްގައި ސާހިލްގެ ބައްޕަ ބުނެފައިވަނީ، ސާހިލް އަކީ އޭނާ އެންމެ ލޯބިވާ އެއް ދަރިފުޅު ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ އެކަމަކަށް ދޭންޖެހޭ ހައްގު އަދަބު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ދިނުމަށް އެދޭ ކަމަށެވެ. ޝިއާއުގެ އާއިލާއިން ބޭނުންވަނީ މަރަށް މަރެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;