ރޭ އަލިފާން ރޯވެފައިވަނީ ހ.ފަހިވައި 7ވަނަ ފަންގިފިލާގަ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 20:46 ހާއިރުކަމަށާއި ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 21:25 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެ އިމާރާތުގެ ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައި، ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސްފައިވީ ނަމަވެސް އިތުރު މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ހ.ފަހިވައި 7ވަނަ ފަންގިފިލާގައި ރޯވި އަލިފާނުގައި އެޕާޓްމަންޓް އަނދާފައި
އެންޑީއެމްއޭއިން ބުނީ އެ ހާދިސާ ހިނގި އެޕާޓްމަންޓުގައި އުޅުނު ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއީ ތިން އަންހެނަކާއި ފިރިހެނެއްކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. މި ހާދިސާގައި އެގޭގެ އެހެން އެޕާޓްމަންޓްތަކަށް ދުމުގެ އަސަރުކުރި ނަމަވެސް އިތުރު ގެއްލުމެއް ލިބިފައި ނުވާކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.
މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;