ads
އާމިނަތު ނޯޔާ ސަމީހު
އަންހެން ކުދިން ސެޓެލައިޓް އުފައްދާ އެންމެ ބޮޑު މިޝަންގައި ދިވެއްސެއް!
ދުނިޔޭގެ ފުރަތަމަ އަންހެން ކުދިންގެ ލޫނާ ސެޓެލައިޓް މިޝަން ކަމަށްވާ "މިޝަން ޝަކްތީސެޓް" ގައި ރާއްޖެއިން ބައިވެރިވާ އަންހެން ކުއްޖަކަށް އާމިނަތު ނޯޔާ ސަމީހު ވެއްޖެ އެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ ވިމެން އިން މެނޭޖްމަންޓް (ވިމް)އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. އަންހެން ކުދިން ސެޓެލައިޓް އުފެއްދުމުގެ ދާއިރާއަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ މި ބައިނަލްއަގުވާމީ މިޝަންގައި ނޯޔާ ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

"މިޝަން ޝަކްތީސެޓް" އަކީ "ސްޕޭސް ކިޑްޒް އިންޑިއާ" އިން އިސްނަގައިގެން ކުރިއަށްގެންދާ، އަންހެން ކުދީންނަށް ހާއްސަ، ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އުންމީދީ އެއް ޖައްވީ ހަރަކާތެވެ.

ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީއަށް ބޮޑު ޝައުގެއް ހުންނަ ނޯޔާއަށް، މި ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުންނާ ބައްދަލުވެ، ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ހަރަކާތުގައި 108 ގައުމަކުން 12،000 އަށްވުރެ ގިނަ ކުދިން ބައިވެރިވާނެ އެވެ.

"ސްޕޭސް ކިޑްސް އިންޑިއާ" އަކީ ސެޓެލައިޓާއި ރޮކެޓް ޑިޒައިންކޮށް އުފައްދާ އެއިރޯސްޕޭސް ސްޓާޓްއަޕް އެކެވެ. މިއީ 19 ބެލޫން ސެޓެލައިޓާއި ތިން ސަބް އޯބިޓަލް ސެޓެލައިޓް އަދި ފަސް އޯބިޓަލް ސެޓެލައިޓް ލޯންޗްކުރި ހަމައެކަނި ޖަމިއްޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;