ads
ސާރާ އަލީ ހާންގެ އުފަން ދުވަސް
ސާރާ އަލީ ހާންގެ އުފަންދުވަސް "ފިލްމީ" ތީމަކަށް
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސާރާ އަލީ ހާންގެ އުފަންދުވަސް ވަރަށް ހާއްސަ ފިލްމީ ތީމަކަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
Advertisement

އުމުރުން 29 އަހަރު ފުރުނު އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަފުލާގެ ތީމަކަށް ކަނޑައަޅާފައިވަނީ "ސާރާސް ކާނިވަލް" އެވެ.

މި ހަފުލާގެ ކޭކުން ފެށިގެން ގޮސް ޑެކޮރޭޝަނާ ހަމައަށް ހުރިހާ ކަންކަން ތައްޔާރުކޮށްފައިވަނީ އެކްޓިން އާއި ފިލްމީ ދުނިޔެ ރަމްޒުކޮށްދޭ ގޮތަށެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގެ ފޮޓޯތައް ސާރާ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ސާރާގެ މި ހާއްސަ ދުވަހު އޭނާގެ ކޮއްކޮ އިބްރާހިމް އަލީ ހާންގެ އިތުރުން ގާތް އެކުވެރިން ވަނީ ބައިވެރިވެފަ އެވެ. މި ފޮޓޯތަކަށް ސާރާގެ ސަޕޯޓަރުން ދަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔައި، ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;