ads
ކިއާރާ
ބަނޑުބޮޑުއިރުވެސް ކިއާރާ ބުރަ މަސައްކަތުގައި
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކިއާރާ އަދްވާނީ ބަނޑުބޮޑުއިރުވެސް ފިލްމީ މަސައްކަތްތަކުގައި ދެއްކި ހިތްވަރާއި ބުރަ މަސައްކަތަށް ސައުތު ފިލްމުތަކުގެ މަޝްހޫރު އެކްޓަރު ޔަޝް ތައުރީފުކޮށްފި އެވެ.
Advertisement

ޔަޝް މިހެން ބުނީ އޭނާގެ އާ ފިލްމު "ޓޮކްސިކް" ގެ އޯޑިއޯ ލޯންޗު އިވެންޓުގައި ވާހަކަދައްކަމުންނެވެ.

މި އިވެންޓުގައި ވާހަކަދައްކަމުން ޔަޝް ބުނީ ބަނޑުބޮޑު ދުވަސްވަރުވެސް ކިއާރާ ވަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ފިލްމުގެ މަސައްކަތް ފުރިހަމަކޮށްދީފައި ކަމަށެވެ. އަދި ފިލްމުގެ ސެޓުގައި އޭނާގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ކަމަށާއި، ބައުންސަރުންނާއި ބޮޑީގާޑުން ފަދައިން ސެޓުގައި އެންމެންވެސް ކިއާރާގެ ކަންކަން ބަލަހައްޓަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ކިއާރާގެ މި ސިފައަށް ތައުރީފުކުރަމުން ޔަޝް ބުނީ އޭނާ ދެއްކި ހިތްވަރަކީ އެންމެންވެސް އައްސަރިބަސް ރައްދުކުރަންޖެހޭ ކަމެއް ކަމަށެވެ. "ޓޮކްސިކް" އަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދާ ފިލްމަކަށްވާއިރު، މި ފިލްމުގައި ކިއާރާ ފެނިގެންދާނީ ވަރަށް ހާއްސަ ރޯލަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;