ads
ގަބުރޫގެ ޕޯސްޓަރެއް
ސަނީ ޑިއޯލްގެ އާ ފިލްމު "ގަބުރޫ" ގެ ޓީޒާ އާންމުކޮށްފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ އާ ފިލްމު "ގަބުރޫ" ގެ ސާޕްރައިޒް ޓީޒާ ސިނަމާތަކުގައި ދައްކަން ފަށައިފިއެވެ. މި ޓީޒާ އާންމުކޮށްފައިވަނީ އޭނާގެ ފިލްމު "ބަޓްވާރާ 1947" ސިނަމާތަކުގައި ދައްކަމުންދަނިކޮށް، ސިނަމާއަށް ދިޔަ ބެލުންތެރިންނަށް ދިން ހާއްސަ ސަޕްރައިޒެއްގެ ގޮތުގަ އެވެ.
Advertisement

"ބަޓްވާރާ 1947" ބަލަން ސިނަމާތަކަށް ވަން ބެލުންތެރިންނަށް "ގަބުރޫ" ގެ ފުރަތަމަ ޓީޒާ ފެނިގެންދިއުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ. ސަނީ ޑިއޯލްގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ޓީޒާއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ސޯޝަލް މީޑިއާގައިވެސް މި ފިލްމާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

މި ފިލްމުގެ ޓީޒާ އާންމުވުމާއެކު ސަނީ ޑިއޯލްގެ ސަޕޯޓަރުން ދަނީ ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. ސަނީ ޑިއޯލްގެ އެކްޝަން ފިލްމުތަކަށް އޮންނަ ތަރުހީބު އިތުރުވެފައިވާ މި ދަނޑިވަޅުގައި "ގަބުރޫ" ވެގެންދާނީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ކަމަށް ހަބަރުތައް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;