ads
ދައުލަތުން ހުށައެޅި 64.2 ބިލިއަންގެ ބަޖެޓް
މިދިޔަ ހަފްތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ ލޯނުތައް ދައްކަން
މިދިޔަ ހަފްތާގެ ތެރޭގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން ނެރުނު އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނީ 06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެ ވެ. ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހަރަދުވެފައިވަނީ 3.9 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މީ އަހަރުން އަހަރަށް ބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިއަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާ އެވެ.

ހަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗާ ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ، 19.9 ބިލިއަން ރުފިޔާއިން 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. 

މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ހަރަދު 11.2 އިންސައްތަ އިތުރުވެ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރު ހިންގުމާއި އިދާރީ ހަރަދުތައް 26.3 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކަ އެވެ. 

އެހީއާއި ސަބްސިޑީގެ ހަރަދުތައް 43.3 އިންސައްތަ އިތުރުވެ 7.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރޭގައި ސަބްސިޑީއަށް ކުރެވުނު ހަރަދު 75.7 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރެވުނު ހަރަދު 17.2 އިންސައްތަ އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށްވެސް ފިނޭންސްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކަ އެވެ. 

06 އޯގަސްޓް 2026 ގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;