އެމްއެފްޑީއޭ ބުނީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި "ނިވޮލުމަބް" އިންޖެކްޝަންގެ ބެޗު ނަމްބަރު: 8081399 ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރު ވެފައިވާކަމަށެ ވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށްވެސް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަނީ އަމިއްލަ ފަރާތަކުން ނެވެ. އަދި މި އިންޖެކްޝަން އެއްވެސް ބޭސް ފިހާރައެއްގައި ނެތްކަންވެސް ވަނީ އެނގިފަ އެވެ.
ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނިގެން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދާދި ފަހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;