މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލިސްއަށް މިއަދު ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
މި ބިލު މަޖިލިހަށް ބަލައިގަނެ މާލިއްޔަތު ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ބިލުގެ ދިރާސާ މަސައްކަތް މާދަމާ ނިންމުމަށް ފާސްކޮށްފަ އެވެ. އަދި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 11:30ގެ ނިޔަލަށް ދިނުމަށްވެސް ކޮމެޓީން ވަނީ ނިންމާފައެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ރިސޯޓަކުން ބޭނުން ވެއްޖެ ނަމަ، އެ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވިދާނެ އެވެ. ނުވަތަ ޖުމްލަ އާމްދަނީގެ 20 ވެެސް މާރުކުރެވިދާނެ އެވެ.
މަޖިލިހަށް ހުށައެޅި އިސްލާހުގައި ވަނީ، ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑު ފަދަ ތަންތަނަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަ ށެވެ.
މީގެ އިތުރުން ގާނޫނަށް ގެންނަ ބަދަކުތަކުގެ ތެރޭގައި ރިސޯޓްތަކުގައި ބޭނުންކުރަން ޖެހޭނީ ރާއްޖޭގައި ހުންނަ ބޭންކަކަށް އާމްދަނީ ޖަމާވާ ޕީއޯއެސް މެޝިންތައް އެކަނި ކަމުގައި ހަމަޖެއްސުން ހިމެނެ އެވެ. އަދި ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރަން ރާއްޖޭގެ ބޭންކެއްގައި ކޮންމެ ރިސޯޓަކުން ވެސް ހާއްސަ އެކައުންޓެއް ހުޅުވައި އެމްއެމްއޭއަށް އެކަން އެންގުންވެސް ހިމެނެ އެވެ.
ގާނޫނަށް ބަދަލު ގެނައި ނަމަވެސް ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައް ހިމެނޭ ބައިން ޑޮލަރު މާރުކުރަން އޮތް އުސޫލަށް ބަދަލެއް ނުގެންއެވެ. ހަމަ މާރުކުރަން ޖެހޭނީ އާމްދަނީގެ 20 އިންސައްތަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;