ads
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ރައީސް ޑރ، މުހައްމަދު މުއިއްޒު
ކޮންމެ ރިސޯޓަކުން %20 ޑޮލަރު މާރު ކުރަން މަޖުބޫރު ކުރަން މަޖިލިހަށް ހުށައަޅައިފި
ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ހަރުކަށިކޮށް ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ިމި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލިސްއަށް ހުށައެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އެވެ. 

މިހާރު ގާނޫނު އޮންނަ ގޮތުން ރިސޯޓަކުން ބޭނުން ވެއްޖެ ނަމަ، އެ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރެވިދާނެ އެވެ. ނުވަތަ ޖުމްލަ އާމްދަނީގެ 20 ވެެސް މާރުކުރެވިދާނެ އެވެ. 

މަޖިލިހަށް ހުށައެޅި އިސްލާހުގައި ވަނީ، ކެޓަގަރީ އޭ ގައި ހިމެނޭ ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑު ފަދަ ތަންތަނަށް ކޮންމެ މަހަކު ވަންނަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަ ށެވެ.

މީގެ އިތުރުން ގާނޫނަށް ގެންނަ ބަދަކުތަކުގެ ތެރޭގައި ރިސޯޓްތަކުގައި ބޭނުންކުރަން ޖެހޭނީ ރާއްޖޭގައި ހުންނަ ބޭންކަކަށް އާމްދަނީ ޖަމާވާ ޕީއޯއެސް މެޝިންތައް އެކަނި ކަމުގައި ހަމަޖެއްސުން ހިމެނެ އެވެ. އަދި ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރަން ރާއްޖޭގެ ބޭންކެއްގައި ކޮންމެ ރިސޯޓަކުން ވެސް ހާއްސަ އެކައުންޓެއް ހުޅުވައި އެމްއެމްއޭއަށް އެކަން އެންގުންވެސް ހިމެނެ އެވެ. 

ގާނޫނަށް ބަދަލު ގެނައި ނަމަވެސް ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތައް ހިމެނޭ ބައިން ޑޮލަރު މާރުކުރަން އޮތް އުސޫލަށް ބަދަލެއް ނުގެންއެވެ.  ހަމަ މާރުކުރަން ޖެހޭނީ އާމްދަނީގެ  20 އިންސައްތަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;