ads
މަތިވެރިކައިރީ އޮންނަ މަތިވެރި ފިނޮޅު
މަތިވެރީ ފިނޮޅަށް ދެން އެރޭނީ ފީ ދައްކައިގެން
އއ. މަތިވެރީ ފަޅުތެރޭގައި އޮންނަ 'މަތިވެރީ ފިނޮޅަށް' ފީ ދައްކައިގެން ނޫނީ ނޭރޭ ގޮތަށް އެ ރަށު ކައުންސިލުން ހަދައިފި އެވެ.
Advertisement

ގިނަ އަދަދެއްގެ ޓްއަރިސްޓުންނާއި ދިވެހިންވެސް ދަތުރު ދާ މަތިވެރީ ފިނޮޅަށް ފީ ދައްކައިގެން އެރޭ ގޮތަށް ކަނޑައަޅާ މަތިވެރި ކައުންސިލުން ވަނީ ފީ ނަގާނެ އުސޫލުތަކާއި އަދަދުތެއްވެސް އާއްމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހު އެ ފިނޮޅު ހާއްސަކޮސްފައިވަނީ ހަމައެކަނި ދިވެހިންނަށް އެރޭ ގޮތަށެވެ. އެގޮތުން ހަފްތާގެ ހޮނިހިރު ދުވަހު ޓުއަރިސްޓުން އެ ފިނޮޅަށް އެރުން ވަނީ މަނާކޮށްފަ އެވެ. 

ފިނޮޅަށް އަރާ ފަރާތްތަކުން ނަގާ ފީ

  • ރަށުން ބޭރުގައި އުޅޭ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ބިދޭސީއަކަށް : 25ރ.
  • މަތިވެރީގައި އުޅޭ އެ ރަށުގެ ކޮންމެ މީހަކާއި ވޯކްޕާމިޓް އޮންނަ ބިދޭސީއަކަށް : 10ރ
  • ގެސްޓްހައުސް/ ހޮޓަލަށް އަންނަ ކޮންމެ ޓޫރިސްޓަކަށް : 50ރ.
  • ސަފާރީއަށް އަންނަ ކޮންމެ ޓޫރިސްޓަކަށް : 100ރ.
  • ރިސޯޓަށް އަންނަ ޓޫރިސްޓަކަށް : 150ރ.

    މަތިވެރީ ކައުންސިލުން އާއްމުކުރި އުސޫލުގައިވާ ގޮތުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ފިނޮލަށް އަރަން އެެއްވެސް ފީއެއް ދައްކާކަށް ނުޖެހެ އެވެ. 

މީގެއިތުރުން ގެސްޓްހައުސްތަކާއި އެކްސްކާޝަން ސެންޓަރުތަކަށް ވެސް ހާއްސަ ޕެކޭޖުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ ޕޭޖްގައިވާ ގޮތުން ގެސްޓްހައުސްތަކަށް 50 މީހުންނަށް - 2،000 ރުފިޔާ ދެއްކޭނެއެވެ. އަދި ރިސޯޓުތަކަށް 150 މީހުންނަށް 15،000 ރުފިޔާ ދެއްކޭނެ ޕެކޭޖެއްވެސް ވަނީ ކަނޑައަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;