ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ރޭ ވަނީ ފަށާފަ އެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި އަހަރުން ފެށިގެން ވާހަކަ ދެއްކެވުމުގެ ގައުމީ މުބާރާތުގެ 1، 2، 3 ވަނައަށް ދާ ފަރާތްތަަކަށް އިސްލާމިކް މިނިސްޓްރީން އުމްރާ ދަތުރެއް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން މި އަހަރުން ފެށިގެން އެ ދަތުރުތައް ދެމުން ގެންދާނެކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;