މިއީ ހަކުރުބަލީގެ ފަރުވާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ކޮންމެ ދުވަހަކު އިންސިއުލިން ޖަހަންޖެހޭ މީހުންނަށް މިއާއެކު ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
އިންޑިއާގައި 100 މިލިއަން މީހުން ހަކުރުބަލި ތަހައްމަލު ކުރަމުންދާއިރު، އިންސިއުލިން ބޭނުންކުރަނީ އެންމެ 6 ޕަސަންޓު ނުވަތަ 7 ޕަސަންޓު މީހުންނެވެ. ކަށި ދެކެ ގަންނަ ބިރެއްގެ ސަބަބުން، ޑޮކްޓަރުން އިންސިއުލިން ޖަހަން އެންގުމުންވެސް ގިނަ މީހުން އެކަން 7 އަހަރާއި 9 އަހަރާ ދެމެދުގެ މުއްދަތަކަށް ލަސްކުރެއެވެ. ނަމަވެސް އާ އިންސިއުލިންއާއެކު އަހަރަކު ޖަހަންޖެހޭ 365 އިންޖެކްޝަންގެ އަދަދު 52 އަށް މަދުވެގެންދާނެ އެވެ.
ޑޮކްޓަރުން ބުނާގޮތުގައި ހަމައެކަނި އާ ވަސީލަތެއް ތައާރަފުވުމަކުން މީހުންގެ ވިސްނުން ބަދަލެއް ނުވާނެ އެވެ. ބަލި ޖެހޭ ފުރަތަމަ ދުވަހުން ފެށިގެން އިންސިއުލިންގެ މުހިންމުކަން ކިޔައިދީ، އާއިލާތަކުގެ ތެރޭގައި އެކަމާ މެދު ފުޅާކޮށް ވާހަކަދައްކަންޖެހެ އެވެ. އިންސިއުލިންއަކީ ސިއްހަތު ރަނގަޅު ދިރިއުޅުމަކަށް އެހީތެރިވެދޭ އެއްޗެއްކަން ބަލިމީހުންނަށް ވިސްނައިދިނުން މުހިންމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;