ads
ރާނީ މުކަރުޖީ
ރާނީ ގެ މައިންބައިފައިން ނޯޅުނީ ކިރިޔާ
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ރާނީ މުކަރުޖީ އުފަންވި ދުވަހު ހޮސްޕިޓަލުގެ ތެރެއިން އެހެން ކުއްޖަކާ ބަދަލުވި ހާދިސާއެއްގެ ވާހަކަ އޭނާ ހާމަކޮށްފިއެވެ.
Advertisement

ރާނީ އުފަންވީ 21 މާޗް 1978 ގައެވެ. އޭނާއަކީ ފިލްމު އުފައްދާ ރާމް މުކަރުޖީ އާއި ކްރިޝްނާ މުކަރުޖީގެ ދަރިއެކެވެ. އުފަންވި ވަގުތު ހޮސްޕިޓަލުގެ އޮޅުމަކުން ރާނީ ވަނީ ޕަންޖާބީ އާއިލާއެއްގެ ކުއްޖަކާ ބަދަލުވެފައެވެ.

މި ހާދިސާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ރާނީ ބުނީ، އޭނާ އުފަންވުމަށްފަހު އެހެން ކުއްޖަކާ ބަދަލުވެގެން ވެއްދީ ޕަންޖާބީ ދެމަފިރިއެއްގެ ކޮޓަރިއަށް ކަމަށެވެ. ނަމަވެސް، ރާނީގެ މަންމައަށް އެހެން ކުއްޖަކު ގެނެސްދިނުމުން، އެއީ އޭނާގެ ދަރިފުޅު ނޫންކަން މަންމައަށް ވަގުތުން އެނގުނެވެ. މަންމައަށް އެކަން އެނގުނީ ގެނެސްދިން ކުއްޖާގެ ލޮލުގެ ކުލަ ތަފާތުވުމުންނެވެ. ރާނީގެ ލޮލުގެ ކުލައަކީ މުށި ކުލަ ކަމަށްވާއިރު، ގެނެސްދިން ކުއްޖާގެ ލޮލުގައި އެ ކުލައެއް ނެތެވެ.

އޭގެފަހުން ރާނީގެ މަންމަ ވަނީ ހޮސްޕިޓަލުގައި އޭނާގެ ދަރިފުޅު ހޯދައި، ޕަންޖާބީ އާއިލާގެ ކޮޓަރިން ރާނީ އަނބުރާ ގެނެސްފައެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރާނީ ބުނީ، އޭނާގެ މަންމަ އެ ދުވަހު ހޮސްޕިޓަލުގެ މުވައްޒަފުން ގާތު އޭނާގެ ދަރިފުޅުގެ ލޮލުގައި ހުންނާނީ މުށި ކުލަ ކަމަށް ބުނެ ދަރިފުޅު ހޯދަން އެދުނު ކަމަށެވެ. މި ހާދިސާއަކީ އޭނާގެ އާއިލާގެ ތެރޭގައި އަދިވެސް ޝައުގުވެރިކަމާއެކު ދައްކާ ވާހަކައެއް ކަމަށް ރާނީ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;