ads
ސާއިދު
ސާއިދަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާ ދެނީ
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ އަހްމަދު ސާއިދަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
Advertisement

ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދަމުން އަންނަ ސާއިދަށް ސްޓްރޯކެއް ޖެހުނީ ޑައިލަސިސް ހެދުމަށްޓަކައި ރޭ ހޮސްޕިޓަލަށް ގޮސް އުޅެނިކޮށެވެ.  ގޮތުގައި ސާއިދަށް ބްރެއިން ސްޓްރޯކެއް ޖެހި އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނައިތު އޭނާގެ ހާލު ގޯސްކަމަށް އެނގިފައި ވެއެވެ. 

ޑައިލަސިސް ހެދުމަށްޓަކައި ހޮސްޕިޓަލްގައި ހުއްޓާ އުމދަގޫތަކެއް ވާން ފެށުމުން އެކަން އެނގީ އޭނާކަންވެސް ވަނީ އެނގިފަ އެވެ. 

ސާއިދުގެ ހާލަތު ގޯސްވެފައި މިވަނީ، ކިޑްނީ ބަދަލުކުރުމުގެ ފަރުވާއަށް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރަން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށެވެ. އަދި އެކަމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދިގު މުއްދަތަށް އޮފީހުން ރިލީޒްއަށް އެދި ސިޓީއަކުން ޕީއެސްއެމްގެ އެމްޑީ އަހްމަދު ޝަކީބަށް އިއްޔެ ފޮނުވާފައިވަނިކޮށްކަންވެސް ވަނި އެނގިފަ އެވެ. 

ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އޭނާއަށް އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން ކިޑްނީ ބަދަލުކުރުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތް އޭނާ ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;