ads
ބިންތައް ކައުންސިލްތަކުން އަތުލަން ހުށަހެޅީ ސަރުކާރަކުން ނޫން: ފަލާހް
ސަރުކާރުން ބޭނުންވާ ބިންތައް ކަައުންސިިލްގެ އިހުތިސާސްއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުސައެޅި ސަރުކާރަކުން ނޫންކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
Advertisement

ކައުންސިލްތަކުގެ މިލްކިއްޔާތުގައިވާ ބިންތައް ސަރުކާރަށް އަތުލުމުގެ ބާރު ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅީ ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ. 

އޭނާ ހުށައެޅުއްވި ބިލުގެ ބަހުސް މިއަދު މަޖލީހުގައި ކުރިޔަށް ދިޔަ ވަގުތު ނިޒާމީ ނުކުތާއެއް ނަންގަވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިނިވަން މެމްބަރުންނަށް ވެސް އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މެމްބަރުންނަށްވެސް މަޖިލީހަށް ބިލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އަމިއްލަ މެމްބަރަކު ހުށަހެޅުއްވި ބިލަކީ ސަރުކާރު ފަރާތުން ހުށަހެޅި ބިލެއް ގޮތަށް ވިދާޅުވުމަކީ ހަމަ ސީދާ ނިޒާމީ މައްސަލައެއް ކަމަށް ފަލާހް ވިދާޅުވިއެވެ. 

"މިއީ ސަރުކާރުން ފޮނުވި ބިލެއް ނޫން،" މައިކުގެ އަޑު ކެނޑުނު ވަގުތު ފަލާޙް ވިދާޅުވިތަން ފެނެއެވެ.

your imageބިލް ހުށައެޅުއްވި ތުޅާދޫ ދައިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު

މި ބިލުގެ ބަހުސް އެއް ދުވަހުން ނިންމައި، ދިރާސާ ކުރުމަށް ބިލު ބަލައިގަނެ، ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ. މި ބިލް މަޖިލިހަށް ބަލައިގަތީ 55 މެންބަރުންގެ ވޯޓުން ނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވި އެވެ. މި ބިލަށް ބަހުސްކުރަން މިއަދު ހުޅުވާލި ފުރުސަތުގައި ވާހަކަ ދެއްކެވީ އެންމެ ދެ މެމްބަރުން ނެވެ. އެއީ  އެމްޑީޕީގެ ފަރާތުން އެ ބިލާއި ދެކޮޅުކަން ހާމަކުރައްވާ ވާހަކަ ދެއްކެވި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި ބިލަށް ތާއިދުކުރާކަން ހާމަކޮށް ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ހޯރަފުށި ދާއިރާގެ މެންބަރު އަލީ މުސާ. އެވެ. މި ބިލުގެ ބަހުސަށް މިއަދު ހޭދަވީ ގާތްގަޑަކަށް 20 މިނެޓް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;