މިއަދު ރައްޔިތުން މަޖލީހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ މިދިޔަ ސަރުކާރުން ސިއްހީ ދައިރާގެ 16 މަޝްރީއެއް އެކު ކުނފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކަށް އެޑްވާންސްކޮށް ފައިސާ ދޫކޮށްފައިވާކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.
އެގޮތުން އެ މަޝްރޫއުތަކަށް މިދިޔަ ސަރުކާރުން އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަކަމަށާއި އެހެންނަމަވެސް އެކަމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާކަމެއް އަދިވެސް ނިމިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫތައް އެ ކުންފުނިންތަކުން އަތުލާ އެހެން ކުންފުނިތަކާއި ހަވާލުކޮށް މިހާރު ކުރަމުން އަންނަ ކަންވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ދިން މަޝްރޫއުތަކުގެ ފައިސާ ނުލިބޭކަން މިނިސްޓަރު ފާހަގަކުރެއްވުމުން މަޖލީހުގެ ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ ނައިބު މުގައްރިރު އަހްމަދު ސަލީމް ވިދާޅުވީ އެގޮތަށް އެޑްވާންސްކޮށް ފައިސާ ދޫކޮށްފައި ހުރި މައްސަލަތައް މިހާރު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެކަން ކޮމިޓީން ބަލާ ފިޔަވަޅު އަޅާނެކަމަށް ސަލީމް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;