ޖޭއެސްސީ ވަނީ ރާގިބުގެ އިތުރުން އިތުރު ދެ ބޭފުޅަކު ސިވިލް ކޯތްގެ ގާޒީކަމަށް އައްޔަންކުރުމަށޤް ނިންމާފަ އެވެ.
ރާގިބުގެ އިތުރުން ދެން ސިވިލްކޯޓަށް އައްޔަން ކުރަން ނިންމި ގާޒީން
ސިވިލް ކޯޓަށް ތިން ގާޒީއަކު ބޭނުންވެގެން އެކަމަށް ކުރިމަތިލާން ޖޭއެސްސީން މިދިޔަ 21 ޖޫން ގަ އެވެ. ގާޒީކަމަށް ކުރިމަތިލާނބް ހުޅުވާލި މުއްދަތު ހަމަވިއިރު އެ ތިން މަގާމަށް ޖުމްލަ 42 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މި ސަރުކާރުގައި ރާގިބު ފުރަތަމަ ހުންނެވީ އެންވަޔަރަމެންޓް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ވަކިކުރީ ދައުލަތާއި ދެކޮލަށް ދައުވާކުރުމުންނެވެ. އޭނާ ދައުލަތާއި ދެކޮލަށް ދައުވާކުރީ ގދ. ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ އޮޅުވާލައިގެން ކަމަށް ބުނެ އެ ކަން ބާތިލުކުރުމަށް އެދި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;