ads
ހެލްތު މިނިސްޓަރު ގީލާ އަލީ
ރާއްޖޭގައި އަދިވެސް ގިނައީ ބިދޭސީ ޑޮކްޓަރުން، އެއީ 60 އިންސައްތަ: ގީލާ
ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓު އަދިވެސް ހިއްސާކުރަނީ ބިދޭސީން ކަމަށް، ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި, މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ ސިއްހީ ހިދުމަތް ރާއްޖޭގައި ދެމުން އަންނަނީ ގިނަ އަދަދެއްގެ ބިދޭސީ ހިދުމަތްތެރިންނާ އެކު ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ 60 ޕަސެންޓު ޑޮކްޓަރުންނަކީ މިހާރު ވެސް ބިދޭސީ ޑޮކްޓަރުންނޭ އަޅުގަނޑުމެންގެ މި ހިދުމަތުގައި މަސައްކަތްކުރާ،" ގީލާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މިދިޔަ އަހަރުގެ ތަފާސްހިސާބާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ 12000 އަށްވުރެ ގިނަ މީހުން ހިދުމަތުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ރަށްރަށުގައި 7000 އަށްވުރެ ގިނަ އަދި މާލޭގައި 5000 އަށްވުރެ ގިނަ މީހުން ހިދުމަތުގައި އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދު 3400 އަށް ވުރެ ގިނަ އެވެ.

އުންމީދަކީ ގިނަ ދިވެހީންނާއެކު ސިއްހީ ހިދުމަތް ފޯރުކޮށްދެވިގެން ދިއުން ކަމަށް ޤީލާ ވިދާޅުވިއެވެ. އެކަމަށްޓަކައި ގައުމީ ޔުނިވާސިޓީގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެވެމުން ދާ ކަމަށް ގީލާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި ދިވެހިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ވަކި ދާއިރާތަކުން ބިދޭސީންނަށް ވޯކް ޕާމިޓު ދިނުން ހުއްޓާލުމަށް މުއްދަތުތަކެއް ކަނޑައަޅައިފަ އެވެ.

އެގޮތުން، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ހޯމް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގެ ދަށުން، ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން އަހަރުގެ ތެރޭގައި ނަރުހުންގެ ކޯޓާތައް ބާތިލްކުރުމަށް ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;