ads
މިނިސްޓަރު އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ
ގައްދޫގައި މި އަހަރު ޑަޔަލިސިސްގެ ހިދުމަތް ފަށާނެ: ގީލާ
ގދ. ގައްދޫގައި މި އަހަރު ޑަޔަލިސިސްގެ ހިދުމަތް ފަށާނެކަމަށް މިނިސްޓަރު އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

މިނިސްޓަރު ގީލާ ވިދާޅުވީ ގދ. ގައްދޫގައި މި އަހަރު ޑަޔަލިސިސްގެ ހިދުމަތް މިއަހަރު ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. 

މީގެ އިތުރުން ގައްދޫގައި ބިނާކުރާ 30 އެނދުގެ ލެވެލް އެކެއްގެ ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށާއި މި މަސައްކަތް އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމާނެކަމަށް މިނިސްޓަރު ގީލާ ވިިދާޅުވި އެވެ. އެގޮތުން މިހާރު ކުރިޔަށްދަނީ ބިލްޑިންގްގެ ބިންގަލުގެ މަސައްކަތްކަމަށާއި ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޓައިބީމްތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވަނީ ގައްދޫގައި އަލަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ފަރުވާއާއި އަންހެނުންގެ ބަލިތަކުގެ ހާއްސަ ފަރުވާގެ ހިދުމަތް ފަށާފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;