މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ އަންހެނެ ކެވެ.
މި އަންހެން މީހާ ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖް ސަރަހައްދުގައި ހިންދޫ ދީނަށް އަަޅުކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވީ މިދިޔަ މަހުގެ ތެރޭގައެވެ. އެއާއި އެކު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށި އެވެ.
ފުލުހުން ބުނީ މި އަންހެން މީހާ ހޯދާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުކަމަށެ ވެ.
ފުލުހުން ބުނީ މި މީހަކީ 2024 ވަނަ އަހަރުން ފެށިގެން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ މީހެއްކަަމަށެވެ. އެހެންކަމުން މި މިހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;