މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު %3.9 ދަށް އަދަދެކެވެ. އުރީދޫން އާމްދަނީ ހޯދަނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.
ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮ ށްދީގެން 380 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، ފުރަތަމަ ކުއާޓަރިގައި މޯބައިލް ހިދުމަތްތަކުން ލިބުނީ 394 މިލިޔަން ރުފިޔާ އެވެ.
މޯބައިލް ހިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް ފިކްސް ބްރޯޑްބޭންޑު ހިދުމަތުން ލިބުނު އާމްދަނީ އިތުރެވެ. އެގޮތުން ތަފާސްހިސާބުތައް ދައް ކާގޮތުން ދެވަނަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ހިދުމަތްތަކުން 155 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. ފުރަތަމަ ކުއާޓަރުއި ފިކްސް ބްރޯޑްބޭންޑް އާމްދަނީ އަކީ 152 މިލިއަނެވެ.
މިއަހަރުގެ 2ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 536 މިލިޔަން ރުފިޔާއެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫއަށް ލިބިފައިވަނީ 547 މިލިޔަން ރުފިޔާއެވެ.
މި ކުއާޓަރގައި އުރީދޫއަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 203 މިލިޔަން ރުފިޔާ އެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވަނީ 210 މިލިޔަން ރުފިޔާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;