ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއުއެވެ.
އެނގިފައިވާ ގޮތުގައި ދޯނި ދިޔަވެ އަޑިޔަށްދާން ފެށި ވަގުތަކީ ވަރަށް ކަނޑުގަދަ ވަގުތެކެވެ. އަދި މި ހާދިސާގައި ގެއްލުނު ތިން މީހުން އޭރު ތިބީ ވަތެއްގައި ދޯނި ދިޔަވާތީ ދިޔަ ހިއްކަން ކަންވެސް ވަނީ އެނގިފަ އެވެ.
އެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯރާނާއި މޯލްޑިވިއަންގެ ބޯޓެއް އަންނަނީ ހަރަކާތްތެރި ވަމުން ނެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ މީހުން ހޯދުމުގެ މަސައްކަތްކުރަމުންކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;