ads
ރާއްޖޭން ބޭރަށް ފޮނުވަން ބޯޓަކަށް ކާގޯ އަރުވަނީ - ފޮޓޯ: އެމްއޭސީއެލް
ޓްރާންޝިޕްމަންޓް ކާގޯ އޮޕަރޭޝަނުން ވީއައިއޭއަށް އާ ރެކޯޑެއް
ޓްރާންޝިޕްމަންޓް ކާގޯގެ އަދަދު 2000 ޓަނަށްވުރެ މަތި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރުން ތާރީހީ އާ ރެކޯޑެއް ގާއިމުކޮށްފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ހާމަކޮށްފި އެވެ.
Advertisement

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، މިއީ ސީޓު އެއާ އަދި އެއާޓު އެއާ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެގޮތުން، ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2000 ޓަނަށްވުރެ މައްޗަށް ގޮސް، އާ ރެކޯޑެއް ގާއިމުކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ވަކިން ހާއްސަކޮށް ސީ-ޓު-އެއާ ހިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނި ވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވާފަ އެވެ. މިއީ މި ހިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރެވެ.

މި ކުރިއެރުންތަކުން ދައްކުވައިދެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާ ކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;