ads
ޝާހްރުކް ހާންގެ "ކިންގް" ފިލްމުގެ މަންޒަރެެއް
ޝާހްރުކް ހާންގެ "ކިންގް"ގެ މިއުޒިކް ރައިޓްސް 50 ކްރޯޑު ރުޕީސްއަށް ވިއްކާލައިފި
އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން އަދި ޑިރެކްޓަރު ސިއްދާރުތު އާނަންދު އެކީގައި މަސައްކަތްކުރާ އާ އެކްޝަން ފިލްމު "ކިންގް"ގެ މިއުޒިކް ރައިޓްސް 50 ކްރޯޑު ރުޕީސްއަށް ވިއްކާލައިފި އެވެ.
Advertisement

މިއީ ފަހުގެ ތާރީހެއްގައި އިންޑިއާގެ ފިލްމެއްގެ މިއުޒިކް ރައިޓްސް މިހާ ބޮޑު އަގެއްގައި ވިއްކާލި ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، މި ފިލްމުގެ މިއުޒިކް ރައިޓްސް ގަނެފައިވަނީ މަޝްހޫރު "ޒީ މިއުޒިކް" ކުންފުނިންނެވެ. މުޅި އިންޑިއާއަށް އަމާޒުކޮށްގެން އުފައްދާ މި އެކްޝަން ތުރިލާ ފިލްމަކީ މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކުގައި އަޅުވުމަށް ތައްޔާރުވަމުންދާ ފިލްމެކެވެ.

މިއުޒިކް ރައިޓްސް 50 ކްރޯޑު ރުޕީސްއަށް ޒީ މިއުޒިކުން ގަނެފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، މިކަމާ ގުޅޭގޮތުން ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ ޝާހްރުކް ހާންގެ ފިލްމަކަށްވާތީ މި ފިލްމަށް ބޮޑު އިންތިޒާރެއް ދަނީ ކުރެވެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;