އިޓަލީގެ ހިތްގައިމު ސަރަހައްދުތަކުގައި އޭނާ އުފާކުރަމުންދާ މަންޒަރުތައް އިންސްޓަގްރާމްގައި އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފޮޓޯތަކަށް ހުއްޓިފަ އެވެ.
އިޓަލީގެ ރީތި މޫދާއި މަގުތަކުގައި ނަގާފައިވާ މި ފޮޓޯތަކުން ހުޝީ ކަޕޫރު ފެންނަނީ ވަރަށް އުފާވެރި އަދި ހިތްގައިމު މިޒާޖެއްގައެވެ. ހޫނު މޫސުމާ ގުޅޭ ތަފާތު ކުލަތަކުގެ ހެދުންތަކުގައި އޭނާ ފެނިގެންދާއިރު، ނޫކުލައާއި، ހުދުކުލައިގެ އިތުރުން ރީނދޫ އަދި ފިޔާތޮށި ކުލައިގެ ހެދުންތަކުގައި އޭނާ ވަނީ ފޮޓޯތަކަށް މޮޑެލްކޮށްފަ އެވެ. މި ފޮޓޯތަކުން ޔޫރަޕްގެ ހޫނު މޫސުމުގެ މާހައުލު ވަރަށް ފުރިހަމައަށް ދައްކުވައިދެ އެވެ.
އިންސްޓަގްރާމްގައި މި ފޮޓޯތައް އާންމުކުރުމާއެކު، ހުޝީ ކަޕޫރުގެ ސަޕޯޓަރުން ވަނީ އޭނާގެ ރީތިކަމަށާއި ހެދުން އެޅުމުގެ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ ހުޝީ ކަޕޫރުގެ މި ޗުއްޓީގެ މަންޒަރުތަކަކީ މިދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ދައްކަމުންދާ އެއް ވާހަކައަށް ވަނީ ވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;