ads
ޖަންނަތު
"ޖަންނަތު" ހޯމަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާއަށް
ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އާ ދިވެހި ފިލްމު "ޖަންނަތު" މާދަމާ ރޭ އޮލިމްޕަސް ސިނަމާގައި ރިލީޒްކުރުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ. އޮގަސްޓް 3 ވަނަ ދުވަހުގެ ރޭ ބާއްވާ ހާއްސަ ރެޑް ކާޕެޓް ހަފްލާއަކަށް ފަހު، މި ފިލްމު އާންމުންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement

މި ފިލްމަކީ އާންމުކޮށް ޑާކް ރެއިންގެ އުފެއްދުންތަކުން ފެންނަ މަޖާ އަދި ލޯބީގެ ވާހަކަތަކާ ހިލާފަށް، އާއިލީ ގުޅުންތަކާއި، އިންސާފާއި، އިންސާނީ ކެކުޅުންތަކުގެ މައްޗަށް ބިނާކޮށްފައިވާ އަސަރުގަދަ ފިލްމެކެވެ. ފިލްމުގެ މަންޒަރުތަކުން ނުކުޅެދުންތެރިކަން ހުންނަ ބައްޕައަކާއި އޭނާގެ ދަރިފުޅާ ދެމެދު އޮންނަ ވަރުގަދަ ގުޅުމުގެ އިތުރުން، ކޯޓު ރޫމެއްގެ ތެރޭގައި ހިނގާ ކުޑަކުއްޖެއްގެ ބެލެނިވެރިކަމުގެ ގާނޫނީ ހަނގުރާމައެއް ފެނިގެންދާނެއެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލް އެވެ. އަދި ފިލްމުގެ ސިނަމެޓޯގްރަފީ ހަދާފައިވަނީ ކާމިޔާބު ފިލްމު "ބިބީ" ގެ ވެސް ކެމެރާގެ މަސައްކަތްތައް ކުރި އަހުމަދު ޒިފާފު އެވެ.

މި ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ޝަރަފް އަބްދުﷲ އާއި، ޝުހާ އާއި، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން އާއިދާ، އަފްރާހް އަދި އަންޖީ އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ޓްރެއިލާތަކަށް ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، މީގެ ޓިކެޓުތަކަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

އޮލިމްޕަސް ސިނަމާގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކުގައި ވެސް "އައިލެންޑް ސިނަމާ" މެދުވެރިކޮށް މި ފިލްމު އަޅުވައިދިނުމުގެ ފުރުސަތު ޕްރޮޑަކްޝަން ހައުސް އިން ވަނީ ހުޅުވާލާފައެވެ. މިއީ މިއަހަރުގެ ތެރޭގައި ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އައި އެއް ދިވެހި ފިލްމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;