ޕީއެންސީގެ ކޮންގްރެސްގައި 6 ނައިބު ރައީސުން ހޮވުމަށް ހަމަޖެހިފައިވާއިރު، އެ މަގާމަށް ޝިޔާމާއި އެކު މިހާރު ކުރިމަތިލީ މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފަ އެވެ.
މިހާރުވެސް ޕީއެންސީގެ ނައިބު ރައީސަކަށް ހުންނެވި މިނިސްޓަރު ޝިޔާމްވެސް އެ މަގާމަށް ވާދަކުރާނެކަަން މިއަދު އިއުލާން ކުރެއްވިއިރު ޕީއެންސީ އިސްސަފުގައި މަސައްކަތްކުރާ 6 ބޭފުޅަކު އިއްޔެ ވަނީ އެ މަގާމަށް ވާދަކުރާކަން އިއުލާންކޮށްފަ އެވެ.
ޕީއެންސީ ނައިބުކަމަށް ވާދަކުރާ ފަރާތްތައް
ރާއްޖޭގައި މިވަގުތު އެންމެ މެމްބަރުން ގިނަ ޕީއެންސީން ބުނީ އެ ޕާޓީގެ މަތީ މަޖިލިސް ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހު އޮންނަ ކޮންގްރެސްގައި ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;