ads
ޝަޒްހަތު ލަތީފް: މާލީ ދާއިރާއިން ކިޔެވުމަށްފަހު ވަޒީފާ އަދާކުރައްވަނީ ފިނޭންސް މިނިސްޓްރީގައި - ފޮޓޯ: ޕީސީބީ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު އައްޔަންކޮށްފި
އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ގދ. ތިނަދޫ، ވިނަވި, ޝަޒުހަތު ލަތީފް މިއަދު އައްޔަންކޮށްފި އެވެ.
Advertisement

އެގްރޯނެޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު އައްޔަންކޮށްފައިވަނީ އެކައުންޓިން އެންޑް ފައިނޭންސް މެންބަރުކަމުގެ މަޤާމަށް ކަމަށް ޕީސީބީން ބުނެފި އެވެ.

ޝަޒްހަތު ލަތީފަކީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. ޝަޒްހަތުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ހަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައި ޝަޒްހަތު އިސް ދައުރެއް އަދާކުރައްވަ އެވެ. 

އޭނާ ވަނީ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާއިން ފައިނޭންސްގެ ދާއިރާއިން މާސްޓާޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ. އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާ އޮފް އާޓްސް ވެސް އޭނާ ވަނީ ހޯއްދަވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;