ads
10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތައް ހަދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުން. - ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްގީ ކުރުމަށް ސޮއިކޮށްފި
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް، އެގްރިކަލްޗަ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް، ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

މިއީ އެގްރިކަލްޗަ މިނިސްޓްރީން ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި މޫސުމީ ބަދަލުތަކަށް ހާއްސަކޮށްގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ އެކި ސޮއިކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ކަހަލަ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއު ނިމޭއިރު، ރާއްޖޭގެ ރަށްރަށުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;