ads
މުސާރައާއި ޕެންޝަނަށް ކުރި ހަރަދު 8.5 ބިލިއަން އަރައިފި
އަހަރުގެ މިހާތަނަށް މުސާރައާއި ޕެންޝަނަށް ކުރި ހަރަދު 8.5 ބިލިއަން ރުފިޔާ އަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓު ރިޕޯޓުގައި ވާގޮތުން މި އަހަރުގެ މިހާތަނަށް މުސާރައާއި ޕެންޝަނަށް ކުރި ހަރަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ އަހަރުގެ މިހާތަނަށް މުސާރައާއި ޕެންޝަނަށް ކުރި ހަރަދު އިތުރުވީ މިދިޔަ ނޮވެމްބަރު މަހު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ ކަމަށެވެ. 

ފިނޭންސް މިނިސްޓްރީ ބުނީ 23 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް  އަރާފައިވާކަމަށެވެ.  އެކަމަށް މަގުފަހިވީ، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައި އިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;