މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދުވަހު ނޫހަކަށް އެޗްޕީއޭއިން ދިން މައުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރު ފަސް މީހަކަށް އެއިޑްސް ޖެހިފައިވާއިރު 2024 ވަނަ އަހަރުވަނީ ހަ މީހަކަށް އެއިޑްސް ޖެހިފައެވެ. އަދި 2023 ވަނަ އަހަރު އެއިޑްސް ޖެހިފައިވަނީ ތިން މީހުންކަމަށެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިހާތަނަށް 54 ދިވެއްސަކަށް ވަނީ އެއިޑްސް ޖެހިފައެވެ. އެޗްޕީއޭއިން 2024 ގައި އާޢްމުކުރި ހިސާބުތައް ދައްކާގޮތުން ރާއއްޖޭގައި ގިނައިން އެއިޑްސް ޖެހިފައިވަނީ ފިރިހެނުންނަށެވެ. އެގޮތުން 2024 ގެ އޮކްޓޫބަރުގެ ނިޔަލަށް ދިވެހިންގެ ތެރެއިން 7 އަންހެނުންނާއި 43 ފިރިހެނަކަށް ވަނީ އެއިޑްސް ޖެހިފައެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އެވެރެޖް އުމަރަކީ 33 އަހަރުކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. އަދި އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މި ބަލި ޖެހޭ މީހުން އަދަދު ދަށަށް ނުގޮސް އަހަރަކަށްވުރެ އަހަރެއް ދަނީ މައްޗަށެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް މަރުވެފައިވާކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖައްސާ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ބަލީގެ މީހަކު ރާއްޖެއިން ފުރަތަމ ފެނުނީ 1991 އަހަރުއެވެ.
އެޗްއައިވީ ބަލި ފެތުރޭ ގޮތްތައް
އެޗްއައިވީއަށް ދޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީޓްމަންޓެވެ. 2004 ވަަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް މިފަރުވާ ދެމުން އަންނަކަމަށާއި މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ފަރުވާއެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެޗްއައިވީއިން ރައްކާތެރިވުމުގެ ގޮތުން ދޭ ފަރުވާ ޕްރީ އެކްސްޕޯޝާ ޕްރޮފިލެކްސިސް (ޕްރެޕް) ވެސް ރާއްޖޭގައި ލިބެން ހުންނަކަންވެސް އެޗްޕީއޭއިން ފާހަގަކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;