ads
ފަހި ޓަވަރުތަކެއް ކައިރިއަށް އަޅާފައި ހުރި ކުނިތަކެއް
ފަހި ފްލެޓްތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ
ފަހި ފްލެޓްތައް ކައިރިއަށް އަލާފައި ހުރި ކުނިތައް ނަގަން މިހާތަނަށް 13.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
Advertisement

ހުޅޫމާލޭ ފޭސް ދޭއްގައި އިމާރާތަތްކުރި އަމާން ޓަވަރުތަކަށް މީހުން ބަދަލުވާން ފެށީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގައެވެ. އެއާއި އެކު އެތަން ކުނު ގޮނޑަކަށްވެ އެތައް ފަހަރަކު އެފްޑީސީން ވަނީ އެ ސަރަހައްދު ސާފުކޮށްފައެވެ. 

އެ ސަރަހައްދުގައި އަނެއްކާވެސް ކުނިތައް ގިނަ މީހުންގެ ޝަކުވާތައް ބޮޑުވުމުން އެފްޑީސީން މިއަދު ވަނީ ފަހި ފްލެޓްތަކުގެ އާންމު ސަރަހައްދުތަކުން ސާފުކޮށްފައިވާ ކުނީގެ ތަފާސްހިސާބުތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ހިސާބުތަކުން ދައްކާގޮތުން އެ ސަރަހައްދުން ކުނި ނަގާ ސާފުކުރުމަށް މިހާތަނަށް ވަނީ 13.5 މިލިއަން ރުފިާ ހަރަދުކޮށްފައެވެ. 

ކުނި ނަގަން ހޭދަކުރި އަދަދުތައް 

  • އޮކްޓޫބަރު 2025 އިން މާރިޗު 2026 އަށް - 8.45 މިލިއަން ރުފިޔާ 
  • އޭފްރިލް 2026 - 75.1 ހާސް ރުފިޔާ 
  • މޭ 2026 އިން ޖޫން 2026 އަށް  - 4.95 މިލިއަން ރުފިޔާ
  • ޖުމްލަ މިހާތަނަށް - 13،481،557.15 ރުފިޔާ

އެ ސަރަހައްދުން މިހާތަނަށް ނެގި ކުނީގެ އަދަދުވެސް އެފްޑީސީން ވަނީ އާއްމުކޮށްފައެވެ. އެގޮތުން މިހާތަނަށް އެ ސަރަހައްދުން 5 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާކަމަށް އެފްޑީސީން ބުނެއެވެ. 

"އެއް ޓަނަކީ 133 ކޮތަޅު ކުނި ނުވަތަ އެއާ އެއްވަރުގެ މިންވަރެކެވެ،" އެފްޑީސީގެ ޕޯސްޓުގައި ޖަހާފައިވެއެވެ.

އެފްޑީސީން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ މާރިޗު މަހާ ހަމައަށް 3,178 ޓަނު ކުނި އެ ސަރަހައްދުން ނަގާފައިވާކަމަށެވެ. އަދި މި އަހަރުގެ މެއި މަހުން ފެށިގެން ޖޫން މަހާ ހަމައަށް  1,862 ޓަނުގެ ކުނި ނެގިކަމަށްވެސް އެފްޑީސީން ބުނެއެވެ. 

މިހާތަނަށް ކުނި ނައްތާލުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނީ އާއްމުން އެ ސަރަހައްދަށް ކުނި އެޅުމުންކަމަށް އެފްޑީސީން ބުނެއެވެ.  މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ބޮޑެތި ހަރަދުތައް ކުޑަކުރުމަށާއި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;