ads
ރޮނާލްޑޯ އާއި ޖޯޖީނާ. 5 ވަނަ ދަރިފުޅަށް ބަލިވެ އިނުމުން ނަގާފައިވާ ފޮޓޯއެއް
ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކުރަނީ، ދެ މީހުންގެ މިހާރުވެސް 5 ދަރިން ތިބޭ
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަންނަ ވީކްއެންޑްގައި ކައިވަނިކުރަން ނިންމައިފިއެވެ.
Advertisement

ރޮނާލްޑޯ އާއި ޖޯޖީނާ އެންގޭޖްވެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. އެ ދެމީހުންގެ ކައިވެނި ކޮށް ވެޑިން ޕާޓީ އަންނަ ވީކްއެންޑްގައި ބާއްވަން ނިންމާައިވާއިރު އެ ދެމީހުންގެ މިހާރުވެސް 5 ދަރިން ތިބެއެވެ. 

ރޮނާލްޑޯ ބުނީ އޭނާގެ ވެޑިން ޕާޓީ ބާއްވާނީ ވަރަށް އާދައިގެކޮށްކަމަށެވެ. އަދި ދައުވަތު ދޭނީ އާއިލީ ފަރާތްތަކަށްކަމަށާއި ސަބަބަކީ ޖޯޖީނާއަކީ ބޮޑެތި ޕާޓީތަކަށް ލޯބިކުރާ މީހަކަށް ނުވާތީކަމަށް ރޮނާލްޑޯ ބުނެއެވެ.

ރޮނާލްޑޯ ބުނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާއާއި ކައިވެނުކުރަން ނިންމީ ރައްޓެއްސަކު ދިން އަނގޮޓިއެއް ޖޯޖީނާއަށް ދޭން އުޅެނިކޮށް ދަރިން ކުރި ސުވާލަކު އެއީ އެންމެ ރަނގަޅުވަގުތުކަމަށް ފެނިގެންކަމަށެވެ. އެގޮތުން ޖޯޖީނާއަށް އަނގޮޓީ ދެނިކޮށް ދަރިން އައިސް "މަންމައާ ކައިވެނިކުރަން އަނގޮޓި ދެނީތޯ" ސުވާލު ކުރިކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ. 

ޖޯޖީނާ އަށް ރޮނާޅްޑޯ ދިން އަލްމާސް އަނގޮޓިއަކީ ގާތްގަނޑަކަށް 1.5-5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓިއެއްކަމަސް ރިޕޯޓްތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;