ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ފައިދާވާނެ ކަމެއް: ނަޝީދު
ރާއްޖޭގައި ބޮޑެތި އިންވެސްޓްތައް ކުރާ އިންވެސްޓަރުންނަށް ހާއްސަ ކޮށްގެން ސަރުކާރުން ތައާރަފްކުރާ ޕާލް ރެސިޑެންސީ ވިސާ ދިނުން ހުއްޓުވަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވިޔަސް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އެ ޕްރޮގްރާމަށް އޮތް ކަން މިއަދު ހާމަކުރައްވައިފި އެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވީ، މި ސަރުކާރުން ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްގެން ފަރުމާކުރަން އުޅޭ "ޕާލް ރެސިޑެންސީ ޕްރޮގްރާމާ" ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއްކޮށް އިދިކޮޅު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް މައްސަލައެއް ވައްދާފައި ވަނިކޮށެވެ. 

ނަމަވެސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރެސިޑެންސީ ޕްރޮގާރްމަކީ ރާއްޖެ އަށް ނުހަނު ފައިދާވާނެ ޕްރޮގްރާމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރެސިޑެންސީ ޕްރޮގްރާމްގެ ތަފްސީލު އެންމެ ފަހުން ދެއްވީ ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ދުނިޔޭގެ އެހެން ގައުމުތަކުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަ ހޯދުމުގައި ބޭނުންކުރާ އެންމެ މުހިންމު ވަސީލަތެވެ.

މިކަން ކުރާނީ ދުނިޔޭގައި ވެސް މިކަން އެންމެ މޮޅަށް ކުރާ ކުންފުނިން ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ ދެ ގައުމެއްގެ ރެސިޑެންސީ ޕްރޮގްރާމް އެއްގޮތް ނުވާނެ ކަމަށެވެ.

"އެ ގައުމެއްގެ ސެންސިޓިވިޓީޒްއަށް ބަލާފައި މި ޕްރޮގްރާމެއް ތައްޔާރުވެގެން މި އަންނަނީ. މިހާރު އޮތް ގާނޫނާއި އޭގެ ކުރިން 2016އިން އަންނަ ޕްރޮގްރާމްގައި، މީގެ އެއްވެސް އެއްޗެއްގައި ނުކުރެވި އޮތް ކަމަކީ، އެއްވެސް އެއްޗެއް ޕްރޮމޯޓް ކުރިތޯ ރާއްޖޭގައި؟ އެކަމަކު ރެސިޑެންސީ ކަންކަން ދުނިޔޭގެ އެހެން ތަންތަނުގައި ކޮށްފައި މި ހުންނަނީ އެކަމަށް ހާއްސަ ކުންފުނިތައް މެދުވެރިވެގެން ވަރަށް ބޮޑަށް ޕްރޮމޯޓުކޮށްގެން،" ޒަމީރު ވިދާޅުވި އެވެ.

މުއްސަނދިންނަށް ރާއްޖޭގައި ގެދޮރު ގަނެގެން ދިރިއުޅެވޭ ގޮތަށް ހިންގާ މި ޕްރޮގްރާމާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން އެބައޮތެވެ. ރާއްޖޭގައި އެ ޕްރޮގްރާމް ހިންގަނީ ލަންޑަނުގައި ބޭސްވެފައިވާ އިންވެސްޓްމަންޓު މައިގްރޭޝަނަށް ހާއްސަ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ ގުޅިގެންނެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު މި ޕްރޮގްރާމާ ދެކޮޅަށް ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން ރެސިޑެންސީ ޕްރޮގްރާމުން ދިވެހި ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އެނގެން ނެތުމާއި އޭގެ ސަބަބުން ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވާނެ ފަދަ ސީރިއަސް ކަންތަކެއް ފާހަގަކުރެވޭތީ މި މަސައްކަތް ވަގުތުން މެދުކަނޑާލަން ޖެހެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;