އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ، ނޮވެންބަރު ހަތަރެއް، 2024ގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ރާއްޖެއާއި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އަދި މި އެއްބަސްވުމަށް އަމަލުކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމުގެ ލިއުން ދެ ގައުމުގެ ދެމެދު ބަދަލުކުރެވިފައިވާ ކަމަށް ވެސް، މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އައު ވިޔަފާރީގެ ފުރުސަތުތަކަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ދެ ޑިއުޓީ މައާފްވެ ނުވަތަ ކުޑަކުރެވިގެންދާނެ އެވެ.
މީގެ އިތުރުން ދިވެހި ކަނޑުމަސް ތުރުކީވިލާތަށް ބޭރުކުރުމަށް މަގުފަހިކޮށް 85 މިލިޔަން މީހުންގެ މާކެޓެއް މި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ހުޅުވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ތުރުކީއަކީ ވެރިކަމާ ހަވާލުވެ، ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމެވެ. އެ ދަތުރުގައި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާތައް ވެސް ފެއްޓެވި އެވެ.
ރާއްޖެ އިން މިހާރު ނިންމާފައި ވަނީ ޗައިނާއާ އެކު 2018 ގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލު ކުރުމަށެވެ. އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާ އެކު ވެސް އެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;