ސޭންޑީގެ އަލަތު ފީޗާ ޑައިރެކްޝަން ފެނިގެންދާ މި ފިލްމަކީ ޔާރާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ.
މި ފިލްމުގެ ކާސްޓޫނެގ ތެރޭގައި ހިމެނޭނީ މިހާރު ފިލްމީ ދައިރާގައި އެންމެ ނަން ހިނގާ ޝަރަފް އަބްދުﷲ އާއި މުހައްމަދު މަނިކާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ސަޢީދުގެ އިތުރުން އާމިރާ އިސްމާއީލް ހިމެނެ އެވެ.
މީގެ އިތުރުން އަހުމަދު ރިޝްވާން، އަހުމަދު އީސަ (އާނަންދު) އާއި އައިޝަތު ރާއިޝާ އާއި މަލީހާ ވަލީދް (މަލް) ވެސް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދެއެވެ. އަދި ދާދިފަހުން ނިޔާވި މަޝްހޫރު ފިލްމީ ތަރި އަހުމަދު ނިމާލުގެވެސް މުހިއްމު ބައެއް ފިލްމުގައި ހިމެނެ އެވެ.
ބިރުވެރި ވާހަކަތަކެއް ގެނެސްދޭ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ ފިލްމުގެ ޑިރެކްޓަރު ސެންޑީއާއި ފިލްމުގެ ލީޑްއިން ފެނިގެންދާ ޝަރަފް އަބްދުﷲ ޝަހުދާ މަހުމޫދުއެވެ. ޝަހުދާއަކީ ޑާކްރެއިންއިން ގެނެސްދިން ބިބީގެ ވާަހަކަ ލިޔެ ސްކްރީން ފްލޭ ހެދުމުގެ އިތުރުން އެ ފިލްމުގެ ޑައިރެކްޓަރުވެސް މެއެވެ.
"ދެވި" އޮލިމްޕަހުގެ ސްކްރީނަށް އަންނާނީ ސެޕްޓެމްބަރު 26 ގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;