ads
ކަނޑު ގަދަ ދުވަހެއްގައި ފުލުހުން ކަނޑުމަތީގައި
މެޓްއިން ބުނީ މިއަދުވެސް ގުގުރާ ބޯކޮށްވާރޭވެހި 40 މޭލަށް ވައިގަދަކަމަށް
މިއަދުވެސް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
Advertisement

އެ އިދާރާއިން ބުނީ ރާއްޖޭގެ އެެކި ހިސާބަށް ގުގުރުމާއި އެކު މިއަދުވެސް ވިއްސާރަކުރާނެކަމަށެވެ. 

ހުލަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައިކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. 

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ވަނީ ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގާފައެވެ. އެގޮތުން ތިލަފުށިން ފުރައިގެން ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ގާފަރު ކައިރިޔަށް ބަންޑުން ޖަހާލާ އޭގެއިން ދަތުރުކުރަމުންދިޔަ ދެ މީހަކު ވަނީ ގެއްލިފައެވެ. އަދި މާފުށި ބޭރުގައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލާ އެރަށު ނެރުމައްޗަށް އަރާ އެ ސަފާރީ ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;