އިއްޔެ ހެނދުނު މާލެ އަތޮޅު ގާފަރު ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން 10 މީހުން ދަތުރުކުރިއެވެ. އޭގެތެރެއިން 8 މީހަކު ކަނޑުމަތިން ސަލާމަތްކޮށްފައިވާއިރު ދެ މީހަކު ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީންނެވެ.
އެމްއެންޑީއެފުން ބުނީ ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ. އަދި ކަނޑާއި ވައިގެމަގުން މިހާތަނަށް ވަނީ ބޮޑު ސަރަހައްދެއް ބަލައިފއިވާއިރު އަދިވެސް އެ ދެމީހުން ފެނިފައި ނުވާކަމަށް ކޯސްޓްގާޑުން ބުނެއެވެ.
މި ކޮޅުވެއްޓީގައި ދަތުރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ފިޔަވާ ދެން ތިބީ ހުސް ބިދޭސީންކަމަށް ފުލުހުން ބުނެއެވެ. ތިލަފުށިން ފުރައިގެންދިޔަ މި ކޮޅުވެއްޓި ބަންޑުން ޖަލާލީ ކ. ގާފަރު ހުޅަނގު ފަރާތު ބޭރަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;