ads
އުރީދޫގެ މައި އޮފީސް. - ފޮޓޯ/އުރީދޫ
އުރީދޫ އަށް 21: ޑިޖިޓަލް ރާއްޖެއަކަށް މުހިއްމު ބައިވެރިއެއް!
ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރުގެ އޮގަސްޓު 1 ގައި ދިވެހިންނަށް ތައާރަފްވެ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭން ފެށި މި ކުންފުންޏަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބަދަލުކޮށް, މުއާސަލާތީ ގޮތުން ރާއްޖެ ގުޅުވައިދިން ކުންފުންޏެކެވެ.
Advertisement

ތެދެކެވެ. ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ވިއުގައަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފަ އެވެ. ފާއިތުވެދިޔަ 21 އަހަރުތެރޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ ވުމުގައި އުރީދޫ މޯލްޑިވްސްގެ ދައުރު ފުޅަލެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދައި ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ޕްލޭނާ އެކު ވަތަނިއްޔާ "އުރީދޫ މޯލްޑިވްސް" އަށް 2013 ވަނަ ރީބްރޭންޑު ކުރި އެވެ. މިއަހަރު އުރީދޫ މޯލްޑިވްސްއަށް 21 އަހަރު ފުރުން ފާހަގަކުރާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. 

ފާއިތުވި ދުވަސްތަކުގައި އުރީދޫއިން ވަނީ ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އާ އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އުރީދޫގެ ޑިޖިޓަލް ވޮލެޓު "އެމް-ފައިސާ" އާއި ޕޭޕަލް ގުޅުވައި އެ ހިދުމަތް ރާއްޖެއަށް ރަސްމީކޮށް ތައާރަފްކުރުމެވެ.

ޕޭޕަލް ހިދުމަތް ތައާރަފްކުރުމާ އެކު: 

  • ޕޭޕަލް ބަލައިގަންނަ ބައިނަލްއަގުވާމީ ވިޔަފާރިތަކުން ތަކެތި ގަތުމަށް އެ ހިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެދިވެހި ވިޔަފާރިތަކަށް ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށް ތަކެތި ވިއްކުމުގެ މަގުފަހިވާނެ

  • ޕޭޕަލް އާއި އުރީދޫ އެމް-ފައިސާ އެކައުންޓާ ދެމެދު ފައިސާ ޓްރާންސްފާކުރެވޭނެ

ރާއްޖޭގެ އެންމެ އިތުބާރުހުރި ޑިޖިޓަލް ކުންފުނީގެ ހައިސިއްޔަތުން، އުރީދޫން އަންނަނީ ރާއްޖޭގެ ކަނެކްޓިވިޓީ އާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް އިންވެސްޓްކޮށް، ދުރުމިނަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ މުޖުތަމައުތަކެއް ގުޅިފައިވާކަން ކަށަވަރުކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގެ މޮބައިލް އަދި ބްރޯޑްބޭންޑް ހިދުމަތްތަކާއި ޑިޖިޓަލް މާލީ ހައްލުތަކާއި އީޖާދީ ޓެކްނޮލޮޖީތަކުގެ އެހީގައި ގުޅިފައިވާ އަދި ހަރުދަނާ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫން އަންނަނީ މަސައްކަތްކުރަމުންނެވެ.

"ދުނިޔޭގެ ޓެލެކޮމް ދުވަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ޓެކްނޮލޮޖީގެ އެންމެ ބޮޑު އަސަރެއް ކުރަނީ، ހަމައެކަނި ނެޓްވޯކްތަކާ ގުޅުވައިދޭއިރަކު ނޫން. އޭގެ ބަދަލުގައި އެއީ ފުރުސަތުތަކާއި އިލްމާ އަދި އެއް ބަޔަކު އަނެއް ބަޔަކާ ގުޅުވައިދޭ ކަމެއް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވި އެވެ. 

"ރާއްޖޭގެ މުޖުތަމައުތަކަށް ޑިޖިޓަލް ލައިފްލައިނެއްގެ ގޮތުގައި، އުރީދޫން އަންނަނީ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، އެންމެ މުހިންމު ކަންކަމާ ގާތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން."

ފާއިތުވި އަހަރުތަކުގައި، އުރީދޫން ވަނީ ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގެ ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އެގޮތުން، ޓެލެކޮމިއުނިކޭޝަންގެ ކުރިއަރާފައިވާ ޓެކްނޮލޮޖީތަކަށް މެދުނުކެނޑި އިންވެސްޓްކޮށް، ރާއްޖޭގައި އެންމެ ފުރަތަމަ 3ޖީ، 4ޖީ، އަދި 5ޖީ ހިދުމަތްތައް ތައާރަފުކުރި އޮޕަރޭޓަރަކީ އުރީދޫ އެވެ. މިއަދު އުރީދޫގެ ނެޓްވޯކުން ރާއްޖޭގެ ގޭބިސީތަކާއި ވިޔަފާރިތަކާއި ސްކޫލުތަކާއި ސިއްހީ ހިދުމަތްތަކާއި މާލީ ދާއިރާތަކާ އަދި ޑިޖިޓަލް ތަޖުރިބާތަކަށް ބާރު ފޯރުކޮށްދެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހިދުމަތަށް 21 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު, މި ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ 80 ޕަސެންޓަށް 5ޖީގެ ހިދުމަތް ދެމުންނެވެ. އަދި ނިމުނު އަހަރު އުރީދޫން ވަނީ ސެމްސަންގާއި އެޕަލްއާ އެކު ޕާޓްނާވެ, ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމް ވެއަރަބަލްގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، އެ ކުންފުނިން އަބަދު ވެސް އަންނަނީ ކަސްޓަމަރުންނަށް ފުރިހަމަ ކަނެކްޓިވިޓީއާ އެކު ދިރިއުޅުން ފުރިހަމަކޮށްދެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން މި އަހަރުވެސް އަހަރީ ދުވަހަށް ހާއްސަކޮށް "އަހަރީ އޮފާތަކެއް" ތައާރަފް ކުރަން ވަނީ ނިންމައިފަ އެވެ. 

އުރީދޫ މޯލްޑިވްސްއިން ވަނީ އަހަރީ ދުވަހާ ގުޅުވައިގެން "އުރީދޫ ހޮޅުއަށި" މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމް ހިދުމަތް ތައާރަފްކޮށްފަ އެވެ. އިތުރު ފައިސާ ދައްކާ ވަސީލަތެއް ބޭނުން ނުކޮށް، އުރީދޫ މޯލްޑިވްސް އެކައުންޓަށް ބިލް ކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާ އެކު ޓްރޫކޯލާ ޕްރީމިއަމް އަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. 

އޮޅުވާލައިގެން ކުރާ ފޯން ކޯލްތަކާއި ސްޕޭމް ކޯލްތައް އިތުރުވަމުންދާއިރު، ޓްރޫކޯލާ ޕްރީމިއަމްއިން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދޭނެ އެވެ. ޓްރޫކޯލާ ޕްރިމިއަމް ބޭނުން ކުރުމުން އެޑްވާންސްޑް ސްޕޭމް އަދި ސްކޭމްގެ ރައްކާތެރިކަމާއި، ޕްރޮފައިލް ބެލި، މީހުންގެ މައުލޫމާތު އެނގި، އިންކޮގްނިޓޯ މޯޑު، ކޮންޓެކްޓް ރިކުއެސްޓް، އިޝްތިހާރު ނުފެންނަ ގޮތް ހެދުމުގެ އިތުރުން ޕްރީމިއަމް ވެރިފިކޭޝަން ބެޖު ވެސް ލިިބޭނެ އެވެ.

your imageއުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: އުރީދޫ


އަހަރީ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް "ޗަލްޑްސޭފް" ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.

މި ހިދުމަތުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ 'ޕޭރެންޓަލް ކޮންޓްރޯލް' ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އޮގަސްޓް މަސް ނިމެންދެން އެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވީ، އެ ކުންފުންޏަށް 21 އަހަރު ފުރޭ އިރު ކުރިއަށް އޮތްތަނުގައި ވެސް އީޖާދީ ވަސީލަތްތަކާ އެކު ޑިޖިޓަލް މޯލްޑިވްސް ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް އިތުރު ލުއިތައް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރާއްޖޭގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، އަޅުގަނޑުމެން ފާހަގަކުރަނީ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރި އިތުބާރާ އެކުގައި ކުރެވުނު ކާމިޔާބު ދަތުރެވެ. އަޅުގަނޑުމެން ހޯދާފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ދިވެހި ރައްޔިތުންނާއި، އަޅުގަނޑުމެންގެ ޕާޓްނަރުންނާއި، އިޚްލާޞްތެރި މުވައްޒަފުންނެވެ. އެކުގައި ހާސިލުކުރެވުނު ކަންކަމާމެދު ފަހުރުވެރިވާހިނދު، އަޅުގަނޑުމެންގެ އަމާޒު ހުރީ އީޖާދީ ވަސީލަތްތަކާއެކު ފުރިހަމަ، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މުސްތަގުބަލަށެވެ،" އޭނާ ވިދާޅުވި އެވެ.

ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން، އުރީދޫގެ އެންމެ ބޮޑު ކާމިޔާބީގެ ތެރޭގައި ގުނާ އަނެއް ކަމަކީ މި ދާއިރާއަށް ފަންނީ ދިވެހިން ބިނާކުރުމެވެ. އަދި އެ ދިވެހިންނަށް ކުންފުނީގެ އިސް މަގާމުތައް އަދާކުރަން ފުރުސަތު ދިނުމެވެ. މިހާރު ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކުރާ ދިވެހިން އެންމެ ގިނަ ކުންފުނިތަކުގެ ތެރޭގައި އުރީދޫ ހިމެނޭ ކަމީ، އެ ކުންފުނިން އުފަލާއެކު ފާހަގަކުރާ ކަމެކެވެ.

ދިވެހިން ބިނާކުރުމުގެ އިތުރަށް އުރީދޫއިން ރަށްރަށުގައި ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ފޯމިއުލާއަކީ ވެސް ބޮޑު ކާމިޔާބީއެކެވެ. އެގޮތުން ރަށުގެ ކޭބަލް އޮޕަރޭޓަރުންނާ ގުޅިގެން ހިދުމަތް ދޭން ނިންމުމަކީ ދިވެހި ވިޔަފާރިތަކަށް ހުޅުވާލެވުނު މުހިންމު ދޮރެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ. އަދި މި ޕާޓްނާޝިޕްގެ މަންފާ އުރީދޫއާ އެއްވަރަށް އެ ވިޔަފާރިތަކަށް ވެސް ކުރާ ކަމީ އެ ކުންފުނިން ފަހުރުވެރިވާ ކަމެކެވެ.

މިއަދު އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. އުރީދޫ އަކީ މަލްޓިނޭޝަނަލް ކުންފުންޏަކަށް ވިޔަސް އެއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކާ ދިވެހި ޕަބްލިކް ކުންފުންޏެކެވެ. ރާއްޖޭގެ އެންމެ ބޮޑު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން މިއަދު ރާއްޖެ މިދެކޭ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.

your imageވަތަނިއްޔާގެ ނަމުގައި ކުންފުނި ހިންގި އިރުގެ މުވައްޒަފުން: އުރީދޫއިން ދިވެހިން ބިނާކުރަން ހާއްސަ ސަމާލުކަމެއްދޭ އަދި ކުންފުނީގައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރި މުވައްޒަފުން މިއަދުވެސް އެބަތިބި. - ފޮޓޯ: އުރީދޫ


ދިވެހިންނަކީ ޓެކްނޮލަޖީއަށް އަހުލުވެރި, އެންމެ ފަހުގެ ވަސީލަތްތަކާއި ރައްޓެހި, އެންމެ ފުރިހަމަ އަށް މުވާސަލަތީ ގޮތުން ގުޅިފައި ތިބި ބަޔަކަށް ހެދުމަށް އުރީދޫން ކެނޑިނޭޅި ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ. އުރީދޫގެ އަމާޒަކީ އެންމެން އެންމެ ފުރިހަމައަށް ގުޅިފައި ތިބި ޑިޖިޓަލް ރާއްޖޭއަކަށް ފޯރުމެވެ.

ރާއްޖެ ޑިޖިޓަލް މުސްތަގުބަލަކާ ދިމާލަށް ދަތުރުކުރަމުން އަންނައިރު، އުރީދޫ މޯލްޑިވްސް އިން އަންނަނީ އީޖާދުތައް ކުރިއެރުވުމަށާއި ކަނެކްޓިވިޓީ ރަނގަޅުކުރުމަށާ އަދި ރައްޔިތުންގެ ދުވަހުން ދުވަހުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވާ ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމައުތައް ބާރުވެރިކުރުމަށް ދެމިއޮތް ކަމުގެ ޔަގީންކަން ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;