އެ އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާލެ އާއި ބްރިޖު އަދި ހައި ވޭގައި 1،355 އެކްސިޑެންޓު ހިނގާފައިވާ ކަމަށެވެ. އެއީ ދުވާލަކު އެވްރެޖުކޮށް 7 އެކްސިޑެންޓަށް ވުރެ ގިނަ އަދަދެކެވެ.
އެ އިދާރާއިން ބުނީ ރިކޯޑުކޮށްފައިވާ އެކްސިޑެންޓުތަކުގެ 83.25 ޕަސެންޓު ނޫނީ 1،128 އެކްސިޑެންޓު ހިނގީ މާލޭގައި ކަމަށެވެ. ބްރިޖާއި ހައިވޭ ސަރަހައްދުގައި ރިކޯޑުކޮށްފައިވަނީ 227 އެކްސިޑެންޓެވެ. އެ މުއްދަތުގައި ހިނގި ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށް ވުރެ ގިނަ އެކްސިޑެންޓު ހިނގީ މާލޭގަ އެވެ.
އަނިޔާގެ ތަފްސީލަށް ބަލާއިރު، 1،322 އެކްސިޑެންޓުގައި މީހުންނަށް ލިބުނު އަނިޔާތައް ގިންތިކޮށްފައިވަނީ ކުދި އަނިޔާގެ ގޮތުގަ އެވެ. އަދި 31 މައްސަލައެއްގައި ލިބުނު އަނިޔާތައް ސީރިއަސް އަނިޔާގެ ގޮތުގައި ރެކޯޑުކޮށްފައިވާއިރު، ފުރަތަމަ ހަ މަސްދުވަހު ހިނގި އެކްސިޑެންޓްތަކުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.
އެކްސިޑެންޓުތައް މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދަތުރުފަތުރުކުރާ ހުރިހާ ފަރާތްތަކުން ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;