ads
އެމްޓީސީސީ އަލަށް ތަރައްގީ ކުރާ ސަރަހައްދުގައި ފެން ހިންގާ ޕަމްޕް ބެހެއްޓުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްޓީސީސީ
ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުން ބޭރު މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރެވޭނެ
ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީކަމަށް އެމްޓީސީސީން ބުނެފި އެވެ.
Advertisement

އެ ކުންފުނިން ބުނީ، މާލޭ ބޭރު މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކުރީ އެ މަސައްކަތްވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި އާންމުންނަށް މަގު ބޭނުން ކުރަން ހުޅުވާލި ނަމަވެސް، ފުރިހަމަ ކުރަން ޖެހޭ އެހެން ކަންކަން އެ މަގުގައި ކުރިއަށްދާ ކަން ކުރިން ވެސް އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ، އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕް ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް އަދި ކޮމިޝަން ކުރުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 15ގެ ކުރިން ކަމަށެެވެ.

އަދި މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާނަމަ، ފެން ހިންދުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގް ރޯޑް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން މިހާރު ނިމިފައި ހުރި ސަރަހައްދުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭގެ ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. 

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުގެ ބާކީ ތަރައްގީ ނުކޮށް އޮތް ސަރަހައްދު، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;