2005 ވަނަ އަހަރު ހިދުމަތް ދޭން ފެށީއްސުރެ، އުރީދޫން އަންނަނީ އީޖާދީ ވަސީލަތްތަކާއި ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް، ދިވެހިރާއްޖެ ޑިޖިޓަލް ގޮތުން ގުޅުވާލެވިފައިވާ ގައުމަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ރާއްޖޭގެ ފުރަތަމަ 3ޖީ، 4ޖީ އަދި 5ޖީ ނެޓްވޯކް ތައާރަފުކުރުމުން ފެށިގެން، ދުނިޔޭގެ ފެންވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމްތަކާއި، ޑިޖިޓަލް މާލީ ހިދުމަތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދޭ މުއާމަލާތްތައް ފުރިހަމަކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ޑިޖިޓަލް ޕާޓްނަޝިޕްތަކަށް އިންވެސްޓްކުރުން ފަދަ މުހިއްމު ކަންކަން އުރީދޫއިން އަންނަނީ ކުރަމުންނެވެ.
އުރީދޫގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އޯގަސްޓު މަހުގެ ތެރޭގައި އީޖާދީ އުފެއްދުންތަކަކާއި ހާއްސަ އަހަރީ އޮފަތަކެއް ތައާރަފުކުރުމަށް ނިންމާފައިވެ އެވެ. އެ ކުންފުނިން ބުނީ، އަންނަ މަހު ހާއްސަ އޮފަތަކެއް ތައާރަފް ކުރަނީ ކަސްޓަމަރުންގެ އަގުވަޒަންކޮށް ރާއްޖެއަށް އާ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އުރީދޫއިން ވަނީ އަހަރީ ދުވަހާ ގުޅުވައިގެން "އުރީދޫ ހޮޅުއަށި" މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމް ހިދުމަތް ތައާރަފްކޮށްފަ އެވެ. އިތުރު ފައިސާ ދައްކާ ވަސީލަތެއް ބޭނުން ނުކޮށް، އުރީދޫ އެކައުންޓަށް ބިލް ކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާ އެކު ޓްރޫކޯލާ ޕްރީމިއަމް އަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އޮޅުވާލައިގެން ކުރާ ފޯން ކޯލްތަކާއި ސްޕޭމް ކޯލްތައް އިތުރުވަމުންދާއިރު، ޓްރޫކޯލާ ޕްރީމިއަމްއިން ކަސްޓަމަރުންނަށް ރައްކާތެރިކަން ހޯދޭނެ އެވެ. ޓްރޫކޯލާ ޕްރިމިއަމް ބޭނުން ކުރުމުން އެޑްވާންސްޑް ސްޕޭމް އަދި ސްކޭމްގެ ރައްކާތެރިކަމާއި، ޕްރޮފައިލް ބެލި، މީހުންގެ މައުލޫމާތު އެނގި، އިންކޮގްނިޓޯ މޯޑު، ކޮންޓެކްޓް ރިކުއެސްޓް، އިޝްތިހާރު ނުފެންނަ ގޮތް ހެދުމުގެ އިތުރުން ޕްރީމިއަމް ވެރިފިކޭޝަން ބެޖު ވެސް ލިިބޭނެ އެވެ.
އަހަރީ ދުވަހާ ގުޅިގެން އުރީދޫއިން ވަނީ 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް "ޗަލްޑްސޭފް" ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
މި ހިދުމަތުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ "ޕޭރެންޓަލް ކޮންޓްރޯލް" ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އޮގަސްޓް މަސް ނިމެންދެން އެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ - ފޮޓޯ/އުރީދޫ
އަހަރީ ދުވަހުގެ މުނާސަބަތުގައި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވީ، މިއީ ކަސްޓަމަރުން ކުރި އިތުބާރާއެކު ކުރެވުނު ކާމިޔާބު ދަތުރެއް ކަމަށާއި، އަމާޒަކީ އީޖާދީ ވަސީލަތްތަކާއެކު ރައްކާތެރި "ޑިޖިޓަލް މޯލްޑިވްސް" އެއް ބިނާކުރުން ކަމަށެވެ
އީޖާދީ ހިދުމަތުގައި 21 އަހަރު ފުރުން ފާހަގަކުރާއިރު، ސްމާޓް ގޭގެއާއި ރައްކާތެރި ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުން ފެށިގެން ކަނެކްޓިވިޓީއާއި އޭއައި، ފިންޓެކް އަދި ޑިޖިޓަލް އީޖާދުތަކުގެ މެދުވެރިކޮށް އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.
އުރީދޫގެ އަމާޒަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ޑިޖިޓަލް ގޮތުން ގުޅުވާލެވިފައިވާ ބާރުވެރި މުޖުތަމައެއް ބިނާކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;