ads
އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމްސް
ދެ ކިލޯއަށް ވުރެ ގިނަ ޑްރަގްސް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
Advertisement

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަތީ މިމަހުގެ 27 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުން ކަމަށެވެ.

އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި 2231 ގްރާމު ހުރި ކަމަށާއި އަތުލައިގަނެވިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފެޓަމީން ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެ އެވެ. 

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ރަސްމީ އިދާރާތަކުން ބުނެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;