ads
ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ކާމިޔާބުކަމާއެކު ހެންޑްލްކުރުން- - ފޮޓޯ: އެމްއޭސީއެލް
ކެމްބޯޑިއާގެ ފުރަތަމަ ސީޓުއެއާ ކާގޯ ޝިޕްމަންޓް ވެލާނާ އެއާޕޯޓުން ހޭންޑްލްކޮށްފި
ކެމްބޯޑިއާއިން ރާއްޖެ މެދުވެރިކޮށް ފޮނުވި ފުރަތަމަ ސީ-ޓު-އެއާ ޓްރާންސްޝިޕްމަންޓް ކާގޯ، ވެލާނާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު، ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ކާމިޔާބުކަމާއެކު ހޭންޑްލްކޮށް ފޮނުވާލައިފި އެވެ.
Advertisement

އެމްއޭސީއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް ފުޅާވަމުންދާކަން އަންގައިދޭ ކުރިއެރުމެއްކަމަށެވެ. 

ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ. މި ޝިޕްމަންޓް ކާމިޔާބުކަމާއެކު މަންޒިލަށް ފޮނުވާލެވުމުން، އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގެ މުހިންމު މެދުވެރިއެއްގެ ގޮތުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރާ ދައުރު ވަނީ އިތުރަށް ހާމަވެގެން ގޮސްފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

your imageކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ، ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު މެދުވެރިކޮށް ކާމިޔާބުކަމާއެކު ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްއޭސީއެލް

ސީ-ޓު-އެއާގެ ހިދުމަތް ކުރިން އާންމުކޮށް ދެމުންދިޔައީ ބަންގްލަދޭޝް އިންޑިއާ އަދި ސްރީލަންކާ އަށެވެ. އެކަމަކު ކެމްބޯޑިއާގެ މުދާ ޔޫރަޕަށް ފޮނުވަން ފުރުސަތު ލިބުމަކީ އާ ބާޒާރުތައް ލިބޭކަން ބުނެދޭ ކަމެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ސީ-ޓު-އެއާގެ ހިދުމަތް ފުޅާވަމުން ދިއުމަކީ އިންޑިއާ ކަނޑުގެ މުހިއްމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވީއައިއޭގެ ދައުރު ވަރުގަދަވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;