ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، އެ ގައުމުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ތައުޒިޔާ ރައްދުކުރައްވާފައި ވެއެވެ.
ރައީސް މުއިއްޒު ވަނީ، މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވައި، އަނިޔާވެ، ގެދޮރު ގެއްލުނު އަދި މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވާފަ އެވެ.
އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ލިބުނު ގެއްލުންތަކުން އަރައިގަނެ، ގައުމު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުއާ ޖަޕާނުގެ ރައްޔިތުންނާއެކު ވާކަމުގައި ވިދާޅުވެފައި ވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ޖަޕާނުގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އެދިވަޑައިގެން ހެޔޮ ދުއާކުރައްވައި، ހިތްވަރާއި ސާބިތުކަން ލިބި، އަވަސް މުއްދަތެއްގެ ތެރޭގައި އެގައުމު އާންމު ހާލަތަށް ރުޖޫޢަވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;