ads
ކުރީގެ ބަންޑާރަނައިބު ހަސަން ސައީދު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު
ގާނޫނުލްއުގޫބާތުގެ މަސައްކަތަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ސެމިނާރެއް
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އަލުން އިންތިޒާމުކުރުމުގެ ގޮތުން ގާނޫނުލްއުގޫބާތު އެކުލަވައިލުމުގެ މަސައްކަތް ފެށިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް ފަށައިފި އެވެ.
Advertisement

މި ސެމިނާރު ބޭއްވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އަލުން އިންތިޒާމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.

"ގާނޫނުލްއުގޫބާތަށް ވިހި އަހަރު: އުންމީދުތަކާއި، ކުރިއެރުންތަކާއި ގޮންޖެހުންތައް" މި ނަމުގައި ކުރިއަށްދިޔަ މި ސެމިނާރު ބާއްވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން 16:00 އަށް ވިލާ ކޮލެޖުގެ އޯޝަން ވިއު ހޯލްގަ އެވެ. 

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު އެކުލަވައިލުމަށް ކުރެވުނު މަސައްކަތްތަކާއި، އެ ގާނޫނު ފާސްކުރުމަށްފަހު ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކާއި ތަރައްގީއަށް ފުންކޮށް ބަލައިލާފައި ވެއެވެ.

މި ސެމިނާގެ ޝަރަފުވެރި ބައިވެރިއެއްގެ ގޮތުން، ބޮސްޓަން ކޮލެޖް ލޯ ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސާ އޮފް ލޯ އަދުނާން އޭ ޒުލްފިގާރު ބައިވެރިވެވަޑައިގަންނަވަ އެވެ. އޭނާ ވަނީ ގާނޫނުލްއުގޫބާތު ޑްރާފްޓް ކުރުމުގެ ގިނަ ތަޖުރިބާތަކެއް ހިއްސާކުރައްވައިފަ އެވެ. 

އޭނާއަކީ 2005 ވަނަ އަހަރު ގާނޫނުލްއުގޫބާތު އެކުލަވައިލި ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ސެމިނާ ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ. ޙަސަން ސައީދު އެވެ. އާ ގާނޫނުލްއުގޫބާތުގެ މަސައްކަތް 2005 ވަނަ އަހަރު ފެށިއިރު އިސްކޮށް ހުންނެވީ ހަސަން ސައީދު އެވެ. 

އޭގެ އިތުރުން، މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމުގައިވާ ކުރީގެ ބަންޑާރަ ނާއިބު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ހުސްނުއްސުއޫދާއި، ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލުން ކަމުގައިވާ އަހުމަދު މުއިއްޒު އަދި ހުސައިން ޝަމީމުގެ ތަޖުރިބާ ހިއްސާކުރައްވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;