ads
ހުޅުމާލޭ ރަށު މާރުކޭޓުގައި މަސައްކަތްކުރަމުން ދިޔަ ބިދޭސީންނާ އިމިގްރޭޝަނުން ސުވާލުކުރަނީ - ފޮޓޯ/އިމިގްރޭޝަން
ހުޅުމާލޭ މާރުކޭޓު ރެއިޑުކޮށް، ބިދޭސީންތަކެއް ބޭރުކޮށްފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިއްޔެ ހުޅުމާލެއިން 20 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
Advertisement

އިމިގްރޭޝަނުން ބުނީ އިއްޔެ މި އޮޕަރޭޝަން ހިންގީ، ގަވައިދާ ހިލާފަށް މާރުކޭޓުގައި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް ކަމަށެވެ. 

އިމިގްރޭޝަނުން އިއްޔެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހުޅުމާލެ ރަށު މާރުކޭޓުގަ އެވެ. އިމިގްރޭޝަނުން ބުނީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ 55 ބިދޭސީން ފާސްކޮށް، ގާނޫނާއި ގަވާއިދާ ހިލާފަށް ތިބި 20 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އަންނަނީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;