ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯ އިން ކުރިން ބުނެފައިވެ އެވެ.
އެ ހާދިސާގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނެވެ. އަދި އެ ކުނިތައް އދ.ކުނބުރުދުއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ވެމްކޯ އިން މިކަން ހާމަކުރުމާ ގުޅިގެން، އެ ރަށާ ކައިރި ރަށްރަށުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން މި މައްސަލަ މިއަދުގެ މަޖިލީހަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 27 މެންބަރަކު ވޯޓުދެއްވި އިރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ އެންމެ ހަތް މެމްބަރުންނެވެ.
އެ ކުނީގެ ސަބަބުން އެ ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ދަނޑުވެރިކަމާއި ގަސްގަހާގެއްސަށް އިއާދަނުކުރެވޭ ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ. ވެމްކޯގެ އެ ނިންމުމަކީ ރައްޔިތުންގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ފިއްޓޭގެ މައްސަލާގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އެއީ "ކޮށްގެންވާނޭ ކަމެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;