ads
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 186އަށް އަރައިފި
މިދިޔަ ހަފްތާގައި އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް) ޖެހި، އެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.
Advertisement

އެޗްޕީއޭއިން ބުނީ، ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، މީސްލްސް ވެކްސިން 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިން ފުރިހަމަކުރެއްވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފަ އެވެ. 

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. މިފަަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ފަރުވާ ހޯދުމަށް ދާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން އިލްތިމާސްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;